އޮކްޓޯބަރ މަހު ދިވެހިރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު 90 އިންސައްތަ ވަނީ އިތުރުވެފައި

14 ނޮވެމްބަރ 2021 - 12:23

         ފާއިތުވި އޮކްޓޯބަރ މަހު ދިވެހިރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފްއަގު 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު 90 އިންސައްތަ ވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ދިވެހިރާއްޖެއަށް 2.0 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރ މަހު މި ޢަދަދުވަނީ 3.8 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިމްޕޯޓަށް އައި ހީނަރުކަމަށްފަހު، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3.7 ބިލިއަން ރުފިޔާގެ އިމްޕޯޓާއި އަރާ ހަަމަކުރި ފުރަތަމަ ފަހަރެވެ.

      މީގެއިތުރުން، ފާއިތުވި އޮކްޓޯބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު 31 އިންސައްތަ ވަނީ ދަށްވެފައެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހު 424 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮކްޓޯބަރ މަހު މި ޢަދަދުވަނީ 294 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

        ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ ، އަދި ޗައިނާ އެވެ. އޮމާން އިން 512 މިލިއަން ރުފިޔާގެ މުދާ އަދި، އިންޑިއާއިން 490 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަިވާއިރު އޫ.އޭ.އީ އިން 438 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 437 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.