ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ސްރީލަންކާގެ ބޮޑުވަޒީރު ރަސްމީ ޖާފަތެއް ދެއްވައިފި
9 ނޮވެމްބަރ 2021 - 10:54
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޝަރަފުގައި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، މިއަދު ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފިއެވެ.
މި ޖާފަތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ބޮޑުވަޒީރު ވަނީ ދެޤައުމުން އިސްކަންދޭ މުހިންމު މައުޟޫޢުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.