ކޯސްޓުގާޑުގެ ފްލީޓަށް އާ އުޅަނދެެއް ހޯދައިި ދޭނެެކަމުގެ ޔަގީންކަން ޔޫއޭއީ އިން ދީފި

23 ފެބުރުއަރީ 2021 - 11:16

ކޯސްޓުގާޑުގެެ ފްލީޓަށް އުޅަނދެއް ހޯދައިދޭޭނެކަމުގެ ޔަގީންކަން ޔުނައިޓެެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދީފިިއެެވެ.

ޔޫއޭއީ އިން މިކަން ހާމަކޮށްފައި ވަނީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާއި ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސް ޖެނެރަލް ހަމްދު އެމް ސާނީ އައް ރުމައިތީއާ އެކު މިއަދު އެ ގައުމުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މިކަން ހާމަކޮށްފައި ވަނީ ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސްއާ، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާއިި ބައްދަލުކުރެއްވުމަށްފަހު އެވެ. އެ ދެބޭފުޅުން ބައްދަލުކުރައްްވާފައ ވަނީ މިއަދު އެވެ.

މިއަދުގެ ބޭއްވި ބައްދަލުވުމުގައި، ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްގީކޮށް އެމްއެންޑީއެފް މެރިންކޯ އަދި ސްޕެޝަލް ފޯސަސްގެ ތަމްރީނާއި، އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ޔޫއޭއީން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މި ކުރެވުނު މަޝްވަރާތަކުގައި، އެމްއެންޑީއެފް މެރިންކޯ އާއި ސްޕެޝަލް ފޯސަސްގެ ގާބިލްކަން އިތުރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑު ފްލީޓަށް އުޅަނދެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް ވަނީ ދެއްވާފައެވެ. އަދި ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅަކީ، ޔޫއޭއީގައި ކުރިއަށްދާ "އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން" (އައިޑެކްސް) އާއި "ނޭވަލް ޑިފެންސް އެގްޒިބިޝަން" (ނޭވްޑެކްސް) ގައި ބައިވެރިވެވަޑައިގެންނެވުމަށް މިމަހުގެ 20 އިން 25 އަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅެކެވެ