ހުޅުމާލެ ފޭސް 1 ގައި ޑްރައިވިންގ ލައިސަންސް ޓެސްޓު ހެދުމަށް އެޗް.ޑީ.ސީއާއި ޓްރާންސްޕޯޓް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއެ ކޮށްފި

31 އޮކްޓޯބަރ 2021 - 3:35

ހުޅުމާލޭ ފޭސް 1 ލޮޓް ނަމްބަރު 10909 ގައި ޑްރައިވިންގ ލައިސަންސް ނެގުމަށް ބޭނުންކުރާނެ ސަރަޚައްދެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބިމެއް ކަނޑައެޅުމަށް އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ ސަރަޚައްދަކީ ޖުމްލަ 20،163.58 އަކަފޫޓުގެ ބިމެކެވެ.

މިކަމަށް މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު ނަހުލާއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ މިހާރު ލައިސަންސް ނެގުމަށް ބޭނުންކުރަމުންދާ ސަރަޚައްދުތަކުގައި ގިނަ ދަތިތަކެއް ހުރި ކަމަށާއި ހުޅުމާލޭގައި ޤާއިމުކުރެވިގެންދާ މި ސަރަޚައްދުން މި ހުރިހާ ކަމަކަށްވެސް ހައްލުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ ޕޯޓް އާއި ޖެހިގެން އޮންނަ މިބިމުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޓެސްޓުތައް ހެދުމުގެ ކަންކަން ހަމަޖެހިގެންދާނެއެވެ.