ހުޅުމާލެ ފޭސް 2 ގައި ސަރުކާރުން އިމަރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ސަރަޙައްދުގައި މީހުން ދިރިއުޅެންފަށައި ކުލި ނަގަން ފަށަންވާއިރަށް ކްލިނިކެއް ޤާއިމްކުރަނީ
20 އޮކްޓޯބަރ 2021 - 8:07
ުހުޅުމާލެ ފޭސް 2 ގައި އިމަރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ސަރަޙައްދުގައި މީހުން ދިރިއުޅެންފަށައި ކުލި ނަގަން ފަށަންވާއިރަށް ކޮންމެހެން ބެނުންވާނެ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ދަނީ ކުރަމުންނެވެ. މިގޮތުން ވަކިން ޚާއްސަކަމެއް ދެވިގެން ހިޔާ ކޮމާޝަލްގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓުތަކުގައި ޚިދުމަތްތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް އެސަރަޙައްދުގައި ކްލިނިކެއް ހުޅުވުމަށް 19 އޮކްޓޯބަރު 2021 ގައި ވަނީ އެގްރިމަންޓުގައި ސޮއިކުރެވި އެފަރާތާއި ޔުނިޓު ހަވާލުކުރެވިފައެވެ.
ހިޔާ ކޮމާޝަލްގައި ކްލިނިކް ޤާއިމުކުރުމަށް ޕައިތަން ޕްރައިވެޓް ލިމިޓަޑާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން ލައިފް ސަޕޯޓް މެޑިކަލް ސެންޓަރގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މި ކްލިނިކް 3 މަސް ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިތުރު 2 ކްލިނިކެއް މި ސަރަޙައްދުގައި ޤާއިމުކުރުމަށް ވަނީ ޖަމަޖެހިފައެވެ.
ހިޔާ ފުލެޓުތަކުގައި މީހުން ދިރިއުޅެން ފަށާ ކުލި ނަގަން ފެށުމުގެ ކުރިން މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލު ކުރުމަށް މި ކޯޕަރޭޝަންގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. މިގޮތުން އެސަރަހައްދު ސާފުކޮށް ބޭއްވުމާއި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާނެ ގިނަ ޚިދުމަތްތަކެއް، ސުޕަމާކެޓް ގްރޮސައީ ސްޓޯރ ފަދަ ތަންތަން މި 3 މަހުގެ ތެރޭގައި ހުޅުވިގެންދާނެ ކަމުގައި ދަންނަވަމެވެ.