އިންޑިއާގައި ރާއްޖެ އިޝްތިހާރުކޮށްދޭ ނުފޫޒުގަދަ މީޑިއާތަކާ ރާއްޖެއިން ބައްދަލްކޮށްފި

17 އޮކްޓޯބަރ 2021 - 7:12

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިންޑިއާ މާކެޓުގައި އިޝްތިހާރުކުރުމުގައި އެހީތެރިވެދޭ މީޑިއާތަކާއި، އިންފްލުއެންސަރުންނާއި ވިޒިޓް މޯލްޑިވްސްއިން ބައްދަލުކޮށްފިއެވެ. ހާއްސަ ސަޔަކާއެކު ކުރިއަށް ގެންދިޔަ މި ބައްދަލުވުން އޮތީ އިންޑިއާގެ މުމްބާއީގެ ގްރޭންޑް ހަޔާޓްގައި ކުރިއަށްދިޔަ މިލްޓް ކޮންގްރެސް ނިންމާލުމަށްފަހު 6 އޮކްޓޫބަރުގެ ހަވީރުއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ، މުހައްމަދު ތޮއްޔިބް ވަނީ ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމުގައި އިންޑިއާގެ މީޑިއާތަކާއި އިންފްލުއެންސަރުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި އެކި ސެގްމެންޓުތަކުގެ ފަތުރުވެރިންނަށް ލިބެން ހުރި ހިދުމަތްތަކާއި، ފުރުސަތުތަކާބެހޭ ގޮތުން ވާހަކަ ދައްކެވިއެވެ. މިގޮތުން އިންޑިއާއިން އެކި ބޭނުންތަކަށް ދަތުރުކުރާ ފަތުރުވެރިންނަށް ބޭނުންވާފަދަ ހިދުމަތްތައް ރާއްޖެއިން ލިބެން ހުންނާނެކަމަށް ތޮއްޔިބް ފާހަގަކުރެއްވިއެވެ. އަދި އިންޑިއާގެ ފެސްޓިވަލްތަކާ ޯންގް ވީކްއެންޑުތަކުގައި ދަތުރުކުރާ ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާބެހޭ ވާހަކަ ދެއްކެވިއެވެ. ދިމާކޮށް ދަތުރުކުރާ ފަރާތްތަކާއި އާއިލާތަކާއި ލ އިންޑިއާގެ މައިސް ސެގްމެންޓުގެ ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ފުރުސަތުތައް، މި ހަރަކާތް މެދުވެރުކޮށް މީޑިއާ އަދި އިންފްލުއެންސަރުންނާ ހިއްސާކުރެއްވިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބޭއްވި މި ބައްދަލުވުމުގައި އިންޑިއާގެ 15 އަށްވުރެ ގިނަ ޖާނަލިސްޓުންނާއި، ބްލޮގަރުން އަދި އިންފްލުއެންސަރުން ވަނީ ބައިވެރިވެފައެވެ. މީގެތެރޭގައި އިންޑިއާގެ އާންމުންގެ މެދުގައި މަޤުބޫލު ބޮޑެތި މީޑިއާތަކާއި، ފޮލޮވާޒް ގިނަ އިންފްލުއެންސަރުން އަދި ބްލޮގަރުން ހިމެނެއެވެ. މިއީ ތަފާތު މާހައުލަކުން އިންޑިއާގެ މިފަދަ ފަރާތްތަކާ ވިޒިޓް މޯލްޑިވްސްއާ ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ކުރަން ލިބުނު ފުރުސަތެކެވެ.

މި ބައްދަލުވުމުގެ ސަބަބުން އިންޑިއާގެ މީޑިއާތަކާއި އިންފްލުއެންސަރުންނާއެކު ވިޒިޓް މޯލްޑިވްސް ގުޅިގެން ކުރާ މަސައްކަތާއި ކުރިއަށް ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގެ ތެރެއިން ވަނީ ވިޒިޓް މޯލްޑިވްސްއިން ލޯންޗްކޮށްފައިވާ ”ރީޑިފައިނިން މައިސް" ކެންޕެއިންގެ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކާ ހިއްސާ ކޮށްފައެވެ. ރީޑިފައިނިން މައިސް" ކެންޕެއިންގެ މަޤްސަދަކީ ރާއްޖޭގައި މައިސް ޓޫރިޒަމް )މީޓިންސް، އިންސެންޓިވްސް، ކޮންފަރެންސަސް، އެގްޒިބިޝަންސް( އަށް ހުރި ފުރުސަތުތައް ޕްރޮމޯޓް ކުރުމެވެ. އަދި ރާއްޖެއަކީ މައިސް ސެގްމެންޓުގައި ކުރިއަރަމުން އަންނަ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. މި ބައްދަލުވުމެގެ ތެރެއިން ވަކި ވަކި ގްރޫޕްތަކުގައި އެކި މަޝްވަރާތަކާއި މައުލޫމާތު ހިއްސާ ކުރުމުގެ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.  

އިންޑިއާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ މި އަހަރު މިހާތަނަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މިގޮތުން މީޑިއާ ފޭމް ޓްރިޕްތަކާއި، ސެލެބްރިޓީ ފޭމްޓްރިޕްތައް އަދި ޓްރެވަލް އެޖެންޓްސް ފޭމް ޓްރިޕްތައް ވަނީ ހިންގާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ އިތުރު ޓްރިޕްތައް ޝަލް މީޑިއާ ކެންޕެއިންތަކާއި، ވެބިނާތައް ވަނީ ބާއްވާފައެވެ. މީގެ އިތުރުން އިންޑިއާގެ ފަތުރުވެރިކަމާ ގުޅުން ހުރި ދާއިރާތަކުގައި މަސައްކަތް ކުރަ ފަރާތްތަކާއެކު ޖޮންއިންޓް ކެންޕެއިންތައްވެސް ވަނީ ހިންގިފައެވެ. މިފަދަ އިތުރު ހަރަކާތްތައް މި އަހަރުގެ ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދާނެއެވެ. އިންޑިއާ އަކީ ރާއްޖެއަށް ދެ ވަނަ އަށް އެންމެ ގިނައިން މި އަހަރު ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމެވެ. މިދިޔަ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 552,843 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރެއިން 7.22 އިންސައްތަ ފަތުރުވެރިން ރާއްޖެ އައީ އިންޑިއާއިންނެވެ. މި މުއްދަތުގައި އިންޑިއާއިން އެކަނި ރާއްޖެއަށް 824،191 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.