ރައީސްގެ ދައުވަތަކަށް އ.ދ.ގެ ޢާންމު މަޖިލީހުފެ ރައީސް މިމަހުގެ 6 އިން 9 އަކަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެ

4 އޮކްޓޯބަރ 2021 - 14:15

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ދައުވަތަކަށް އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބުދުﷲ ޝާހިދު މިމަހުގެ 6 އިން 9 އަށް ރާއްޖެއަށް ރަސްމީދަތުރުފުޅެގައި ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައިފިއެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓަމުން ދިޔުމަކީ ރާއްޖެ އ.ދ.ގައި ބައިވެރިވުމަށްފަހު ފާއިތުވި މާޒީގައި ޚާރިޖީ ދާއިރާއިން ރާއްޖެއަށް ނުލިބޭހާ ބޮޑު ކުރިއެރުމެކެވެ.