އައިލެންޑް އޭވިއޭޝަންގެ އެމްޑީ އަކަށް މިހާދު އައްޔަންކޮށްފި

7 ޖެނުއަރީ 2021 - 3:23

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މިހާދު އައްޔަންކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ އެމްޑީކަމުގެ މަޤާމުގައި މީގެކުރިން ހުންނެވީ މުޙައްމަދު ރިޒްވީއެވެ. މިހާދު މި މަޤާމަށް އައްޔަންކޮށްފައިވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ރިޒްވީ އައްޔަންކުރުމާއި ގުޅިގެންނެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި މުޙައްމަދު މިހާދު މިހާތަނަށް ހުންނެވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ( އެމްއޭސީއެލް ) ގެ ބޯޑް މެންބަރެއްގެ ގޮތުގައެވެ. މުޙައްމަދު މިހާދު ވަނީ މީގެކުރިންވެސް ސަރުކާރުގެ މަތީ މަޤާމްތައް ފުރުއްވާފައެވެ.
މިހާދު ވަނީ އޮސްޓްރޭލިއާގެ އިޑިތު ކޮވެން ޔުނިވަރސިޓީއިން އިންޓަނޭޝަނަލް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި ފިނޭންސް މިނިސްޓްރީގައި 15 އަހަރަށްވުރެ ގިނަ ދުވަހުވަނީ ހިދުމަތް ކުރައްވާފައެވެ.
މިހާދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާދު ވަނީ މޯލްޑިވްސް ޓްއަރިޒަމް ޑިވޮލޮޕްމެޓް ކޯޕަރޭޝަން ( އެމްޓީޑީސީގެ ) މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި ސީއީއީގެ މަޤާމުވެސް ފުރުއްވާފައެވެ.