ތ އަތޮޅު ދެރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަނީ

26 ސެޕްޓެމްބަރ 2021 - 14:45

ތ. ގާދިއްފުށްޓާއި އެ އަތޮޅު ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ދައުލަތުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ބުރުންޏާއި ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ބުރުނީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ޖުމުލަ 269 މީޓަރުގެ ބްރޭކްވޯޓަރތަކާއި، 220 މީޓަރުގެ ރިވެޓްމަންޓް ގާއިމްކުރުމާއި ބީޗް ރިޕްލެނިޝް ކުރުމުގެ މަސައްްކަތް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 28 މިލިއަން ރުފިޔާ އަށެވެ. އަދި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 042 ދުވަސް ތެރޭގައެވެ.

ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 022 މީޓަރުގެ އެއްގަމު ތޮށިލުމާއި، 20 މީޓަރު ގްރޮއިންސް ޖެހުމާއި، އެންވައިރަމަންޓަލް އިންޕެކްޓް އެސެސްމަންޓް )އީ.އައި.އޭ( ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މި ކުންފުންޏާއި ޙަވާލުކުރި މި މަޝްރޫޢު އަކީ 71.26 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 282 ދުވަސް ތެރޭގައެވެ.