މ.މޭވަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފި

25 ސެޕްޓެމްބަރ 2021 - 6:55

މ.މޭވަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފި ކަމަށް ދައުލަތުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތުދެއްވައިފިއެވެ.

ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މި މަޝްރޫއުގެ ދަށުން 60،839 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށްފައިވާއިރު، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ވަނީ ޖަހާފައެެވެ. މީގެ އިތުރުން 35 މީޓަރުގެ ސަރަހަައްދެއްގައި ރިވެޓްމަންޓް ޖަހައި، 380 މީޓަރުގެ ސަރަހަައްދެއްގައި އެއްގަމު ތޮށިލާފައިވާއިރު 1880 އަކަމީޓަރުގެ ސަރަހަައްދެއްގައި ޕޭވްމަންޓް ހަދައި 2 ނެރު ބައްތި ޖެހުމުގެ އިތުރުން 19 ބަނދަރު ބައްތި ޖަހާފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 48.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.