މެދުއިރުމަތީގައި ރާއްޖެ އިސްތިހާރުކުރުމަށް ކޮސްމޯ ކްލަބްހައުސް އާއެކު ވިޒިޓް މޯލްޑިވްސްއިން މަސައްކަތް ފަށައިފި

12 ސެޕްޓެމްބަރ 2021 - 4:23

މެދުއިރުމަތީގައި ހާއްސަކޮށް މިސަރަހައްދުގެ ޒުވާން އަންހެން ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި މެދުއިރުމަތީގެ މަޝްހޫރު މަޖައްލާއެއްކަމަށްވާ ކޮސްމޯ ކްލަބްހައުސް އާއެކު ވިޒިޓް މޯލްޑިވްސްއިން ހާއްސަ ކެމްފެއިނެއް ފަށައިފިއެވެ.

މިގޮތުން ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް ކޮސްމޯ ކްލަބްހައުސްގެ 6 އިންފްލިއެސަރުން މިވަނީ ފޭމް ޓްރިޕްއަކަށް ރާއްޖެއައިސްފައެވެ. މި ޓީމްގައި ހިމެނޭ އިންފްލުއެސަރުންގެ ތެރޭގައި މާރވާ އަލް ހާހް، ލޭލާ އާކިލް، ނެޑީން ހޮށްސާމް، މޯނީ ހެލާލް، ސާރާ އަލް ހުމިރި، އަދި ޓްވިންކަލް ސްޓަންލީ ހިމެނެއެވެ.

މި ދަތުރުގައި ކޮސްމޯ ކްލަބްހައުސްގެ ޓީމް ރާއްޖޭގައި 7 ދުވަސް ހޭދަކުރާނެއެވެ.

ކޮސްމޯޕޮލިޓަންއަކީ މެދުއިރުމަތީގައި ޒުވާން އަންހެނުންގެ މެދުގައި ވަރަށް މަގުބޫލް މަޖައްލާއެކެވެ. މިމަޖައްލާ އަކީ އޮންލައިން، ޑިގިތަލް، އަދި ޕްރިންޓް މީޑިއަމްގައި ދައުރުކުރާ މަޖައްލާއެކެވެ. އަދި މިމަގައްލާގައި މަޝްހޫރު އިންފްލުއެންސަރުން ހަދާ ތަފާތު ކޮންޓެންޓުތައް ޕްރޮމޯޓްކުރެއެވެ.

ކޮސްމޯ ކްލަބްހައުސްގެ އިންފްލުއެންސަރުން ރާއްޖެއަށް ކުރާ މިދަރުތުގެ ތެރެއިން ރާއްޖޭގެ ދެ ރިސޯޓެއްގައި ތިބޭނެއެވެ. އެއީ ލަކްސް* ސައުތު އަރި އެޓޯލްއާއި ޮންރެޑް މޯލްޑިވްސް ރަނގަލި އައިލެންޑް އެވެ. މި ޓީމުން ކުރާ ތަޖުރިބާތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތައް ބަލާލުމަށް ސްނޯކްލްކުރުމާއި ސްޕާ، ވޯޓާ ސްޕޯޓްސް، އަދި ރިޒޯޓު ތަކުން ލިބެން ހުންނަ އެކި ގައުމުތަކުގެ ކެއުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް މި ޓީމަށް ލިބޭނެއެވެ.

މެދުއިރުމަށްޗަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ސަރަހައްދެކެވެ. މިއީ ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ރިކަވާވަމުން އަންނަ މާކެޓެއްވެސްމެއެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވާ 896،732 ފަތުރުވެރިންގެ ތެރެއިން 450،60 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މެދުއިރުމަތިންނެވެ. މިސަރަހައްދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ސަރަހައްދެއްކަމުން، މިސަރަހައްދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮަށް، ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގާ ރާވަމުންނެވެ.