މަޑުއްވަރީ ދެކުނު ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

4 ސެޕްޓެމްބަރ 2021 - 6:42

ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 83 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ހިއްސާކުރައްވައިފިއެވެ.

އޮގަސްޓް 26، 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 72.66 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ހާބާ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 7,280 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 65,520 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި 411 މީޓަރުގެ ބޭރުތޮއްޓަކާއި 566 މީޓަރުގެ އެއްގަމު ތޮއްޓެއް އަދި 135 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ އެވެ.

އަދި 2825 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އަދި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ.