ރ. ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް މިއަދު ނިމިއްޖެ: އެމްޓީސީސީީ

30 އޯގަސްޓް 2021 - 8:04

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެ މަޝްރޫއުގެ ދަށުން ދެން ކުރާނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ. އަދި އެ މަސައްކަތް ފެށުމަށްޓަކައި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ 28 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ވާކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއްވިއެވެ.

އެ މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިން ހިއްކުމާއި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 315 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއަކީ 143.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.