ބ.ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފި

20 އޯގަސްޓް 2021 - 7:35

ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފައު ވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11,700ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ބެޑު ތައްޔާރުކުރުމާއި، 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އެ މަޝްރޫއަކީ 10.13 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.