ވިޒިޓް މޯލްޑިވްސް އިން ޖަރުމަނު ވިލާތް، ސުވިޓްޒަރލެންޑް އަދި އޮސްޓްރިއާ މާރކެޓުތަކަށް އަމާޒުކޮށްގެން ބޭއްވޭ ވާރޗުއަލް އިވެންޓެއްގައި ބައިވެރިވެއްޖެ

10 ފެބުރުއަރީ 2021 - 5:16

ވިޒިޓް މޯލްޑިވްސް އިން އޭ ވިއާރެޕްސްގެ ވާރޗުއަލް އިވެންޓުގައި ބައިވެރިވެއްޖެއެވެ. ފެބްރުއަރީ 9އިން 10އެއްގެ ނިޔަލަށް ބޭއްވޭ މިއިވެންޓަކީ ޖަރުމަނު ވިލާތް، ސުވިޓްޒަރލެންޑް އަދި އޮސްޓްރިއާ މާރކެޓުތަކަށް އަމާޒުކޮށް މިއަހަރު ކުރިއަށް ގެންދާ އެންމެ ފުރުތަމަ ހަރަކާތެވެ.

ދެދުވަހުގެ މި އިވެންޓަކީ ޖަރުމަނު ވިލާތް، ސުވިޓްޒަރލެންޑް އަދި އޮސްޓްރިއާގެ ބީ.ޓު.ބީ ޓްރެވެލް ޓްރޭޑާއި ބައްދަލުކޮށްލަން ލިބޭ ފުރުސަތެކެވެ. އެއް އިވެންޓެއްގެ ތެރެއިން ޖަރުމަނުވިލާތުގެ ޓުއާ އޮޕަރޭޓަރުންނާއި، އެއާލައިންސް، ޝިޕިންގް ކުންފުނި، 12 ގްލޯބަލް ޑެސްޓިނޭޝަން އަދި ދުނިޔޭގެ އެހެނިހެން ފަތުރުވެރިކަމުގެ ސިނާޢަތުގެ އެތަކެއް ޕާޓްނަރުންނާއި ބައްދަލުވުމުގެ ފުރުސަތު މި އިވެންޓުން ލިބިގެންދާނެ އެވެ.

މި ޕްލެޓްފޯމުގައި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތައް ޝައުގުވެރިކަން އުފެއްދުމަށްޓަކައި ޚާއްސަ އެވެޓާއެއްގެ ޒަރިއްޔާއިން
ވާހަދައްކައި ތަފާތު އެހެނިހެން ޚަރަކާތްތައް ކުރިޔަށްގެންދެވޭނެއެވެ.

ވިޒިޓް މޯލްޑިވްސް އިން މި އިވެންޓްގައި ބައިވެރިވެ އެކި ޓްރެވަލް ޓްރޭޑް ކުންފުނިތަކާއި ބައްދަލުކޮށް ކޮވިޑް-19 އިން
ރައްކާތެރިވުމަށްޓަކައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ދިވެހިރާއްޖެ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމުގެ ސަބަބުން ދިވެހިރާއްޖެ އަކީ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި އަދި ހިތްގައިމު މަންޒިލަށް ވާ ސަބަބު ވެސް ބުނެދެވިގެންދާނެ އެވެ.

މިގޮތުން މިއިވެންޓުގައި ދިވެހިރާއްޖެ އިޝްތިހާރުކުރެވިގެންދާނީ "ސޭފް ހޭވަން" އެއްގެ ގޮތުގައެވެ. 2021 ވަނަ އަހަރަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ޖަރުމަނު ވިލާތުގެ މާކެޓުތަކަށް ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށްޓަކާ އެތަކެއް ހަރަކާތްތަކެއް ރާވާފައެވެ. މީގެ ތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިން ތަކާއި ގު ޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓް ޕްރޮމޯޝަންތަކާއި ޑިޖިޓަލް މީޑިއާ ކެމްޕޭން އަދި ވިޒިބިލިޓީ ކެމްޕޭންތައް ހިމެނެއެވެ. މީގެއިތުރުން ވެސް ޖަރުމަނު މާކެޓުތަކަށް ހާއްސަކޮށް ދިވެހިރާއްޖެ އަކީ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ޖަރުމަނު ބަހުން ޑިޖިޓަލް އަދި ސޯޝަލް މީޑިއާގައި އެކި ހަރަކާތްތަށް ހިންގުމަށް ވަނީ ރާވާފައެވެ. މިއަހަރުގެ މާރިޗު މަހުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓްރޭޑްޝޯ ކަމަށްވާ އައ.ޓީ.ބީ ބާރލިންގެ ވާރޗުއަލް ފެއާގައިވެސް ވިޒިޓް މޯލްޑިވްސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

01 ޖަނަވަރީ 2021 ގައި މޯލްޑިވްސް އިމިގްރޭޝަންއިން ވަނީ ދުނޔޭގެ އެންމެ ފުރުތަމަ ޓިއަރ ބޭސްޑް ލޯޔަލްޓީ ޕްރޮގްރާމްވެސް ލޯންޗުކޮށްފައެވެ. މި ޕްރޮގްރާމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލުކުރެވެއެވެ. މީގެ އިތުރުން އެލައިޑް އިންޝުއަރެންސްވެސް ވަނީ "އެލައިޑް އިންބައުންޑް" ޕެކެޖް ތަޢާރަފް ކޮށްފައެވެ. ފަތުރުވެރިޔަކު ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވެއްޖެކަމަށް ވަންޔާ މި ޕޮލިސީ މެދުވެރިކޮށް މިއާވިދިގެންއަންނަ ސިއްހީ ހަރަދު އަދި އިމަޖެންސީ ޓްރާންސްޕޮޓޭޝަންގެ ހަރަދުތަށް ކަވަރކޮށްދެއެވެ.

ޖަރުމަނު ވިލާތް، ސުވިޓްޒަރލެންޑް އަދި އޮސްޓްރިއާއަކީ ދިވެހިރާއްޖެއަށް އެންމެ ކުރީއްސުރެވެސް ފަތުރުވެރިން ޒިޔާރަތްކުރަމުންދާ ގައުމުތަކެކެވެ. ޕެންޑެމިކް ތެރޭގައި މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ގައުމުގެ ތެރޭގައިވެސް ޖަރުމަނު ވިލާތު ހިމެނެއެވެ. ޖަރުމަނު ވިލާތުން 435,36 ފަތުރުވެރިން، ސުވިޓްޒަލެންޑިން 12,517 ފަތުރުވެރިން އަދި އޮސްޓްރިއާއިން 8.،103
. ފަތުރުވެރިން ވަނީ 2020 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ