އެމްޓީސީސީން ލ. މުންދޫގެ މަގުތައް ސާފުކޮށްފި

10 އޯގަސްޓް 2021 - 15:22

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ލ. މުންދޫގެ މަގުތައް ސާފުކޮށްފި އެވެ.

އެމްޓީސީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ހިންގި މި ޕްރޮޖެކްޓުގައި އެ ކުންފުނިން ވަނީ 2004 ވަނަ އަހަރުގެ ސުނާމީގެ ސަބަބުން ވެއްޓުނު ގެތަކާއި މަގުފާރުތަކުން ވެއްޓުނު ގައުތައް މީހުން ދިރިއުޅޭ ސަރަޙައްދުން ނަގާ ބިން ސާފުކުރުމުގެ މަސައްކަތްކޮށްފައެވެ.

400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ލ. މުންޑޫއަކީ ސުނާމީގައި ބޮޑު ގެއްލުންތަކެއް ލިބުނު ރަށެކެވެ. އެ ހާދިސާއާއި ގުޅިގެން އެ ރަށުން ގިނަ ބަޔަކު ކައިރީގައި ތިބި އެހެން ރަށްރަަށަށް ވެސް ދިރިއުޅުން ބަދަލުކޮށްފައިވެއެވެ.

ލ. މުންޑޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ބަޔަކާއި ދާދިފަހުން ހަވާލުކޮށްފައެވެ. މި އަހަރުގެ ކުރީކޮޅު ހއ. މޮޅަދު އާއި މ. ވޭވަށް އަދި ލ. މުންޑޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފްލެކްސިންކް ކުންފުންޏާއި ހާވަލުކުރީ 104،088.337.93 އަަށެވެ.