ކޯވިޑާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީގެ ހުރިހާ ޙިދުމަތެއް އޮންލައިންކޮށް

9 ފެބުރުއަރީ 2021 - 9:49

ކޯވިޑް19 އާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ހުރިހައި ޙިދުމަތެއް އޮންލައިންކޮށް ފޯރުކޮށްދޭގޮތައް ހަމަޖައްސައިފިއެވެ.

ކޯވިޑް19 އާއިއެކު އިކޮނޮމިކް މިނިސްޓްރީގެ ޙިދުމަތްހޯދުމަށް ގެނައި ބަދަލުތަކުގެ ތެރޭގައި ބައެއް ހިދުމަތްތައް އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލާފައިވާއިރު ދެން ހުރި ހިދުމަތްތަކަށް ހުށަހެޅުމަށް ހަމަޖައްސާފައި ވަނީ އީމެއިލް މެދުވެރިކޮށެވެ. އާއްމު ހާލަތުގައިވެސް ދެމުން އައި ގޮތަށް ގިނަ ހިދުމަތްތައް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 2 ޖެހުމާއި ހަމައަށް ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ސަރުކާރުގެ ގިނަ އިދާރާތަކެއްގެ މަސައްކަތްތައް ވަނީ އޮންލައިންކޮށްފައެވެ.

ކޯވިޑް19 ގެ ކޭސްތައް ރާއްޖޭގައި އަނެއްކާވެސް އިތުރުވާންފެށުމާއި ގުޅިގެން ވަނީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން އޮފީސްތަކުން ވީހާވެސް މަދު މުވައްޒަފުން ނެރެގެން މަސައްކަތް ކުރުމަށް ވަނީ އަންގާފައެވެ. އަދި އޮންލައިންކޮށް ފޯރުކޮށްދެވެންހުރި ހިދުމަތްތައް އެގޮތައް ދިނުމަށްވެސް ވަނީ އެދިފައެވެ.