ހއ.ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ %65 ނިންމާލައިފި

4 އޯގަސްޓް 2021 - 18:56

އެމްޓީސީސީން ކުރިއަށްގެންދާހއ.ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %65 ނިންމާލައިފިއެވެ.

10.02 މިލިއަން ރުފިޔާގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ހުސްވި ފެބްރުއަރީމަހުގެ ފަހުކޮޅުގައެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެތެރޭގައި، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7750 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، ޖިއޯ ބޭގްސްއަށް އެޅުމަށް 1926 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި، 310 މީޓަރުގެ ސަރަހަައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން އެމްޓީސީސީން އަންނަނީ ދިއްދޫ ބަނދަރު ބޮޑުކުރުމާއި، ޖެޓީ ހެދުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.