މިއަހަރުގެ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ

7 ފެބުރުއަރީ 2021 - 14:20

ފެބްރުއަރީ 26 އިން 28 އަށް، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއާއި ޕޫނޭ އިންޓަރނޭޝަނަލް ސެންޓަރ ގުޅިގެން ބާއްވާ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި އިންޑިއާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮވިޑް-19 އަށްފަހު ބައިނަލްއަޤްވާމީ ވިޔަފާރިއާއި މާލީ ކަންތައްތައް ބަދަލުވެގެންދާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައި މިއަހަރު ބާއްވާ މި ބައްދަލުވުމުގައި މިމަހުގެ 28 ވަނަ ދުވަހު އޮންނަ ޕެނަލްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާނީ ވަރޗުއަލްކޮށެވެ.

އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުރުން އިންޑިއާގެ ޚާރިޖީ ވަޒީރާއި، މި ސަރަހައްދުގެ އެހެން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި މާލީ އަދި އިޤްތިޞާދީ މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ އޭޝިއާ އިކޮނޮމިކް ޑައިލޮގް ބާއްވާ 5 ވަނަ ފަހަރެވެ. އިންޑިއާގެ ޚާރިޖިއްޔާއާއި ގުޅިގެން މި ޑައިލޮގް އިންތިޒާމްކުރާ .ޕޫނޭ އިންޓަރނޭޝަނަލް ސެންޓަރަކީ 2011 ވަނަ އަހަރު ލޯންޗްކުރި ތިންކް ޓޭންކެކެވެ