އެޗް.ޑީ.ސީން ހުޅުމާލޭގެ ހުރިހާ ސަރަހައްދެއް ހިމެނޭގޮތަށް ސީސީޓީވީ ނެޓުވޯކެއް ޤާއިމްކުރަނީ

26 ޖޫން 2021 - 16:53

ރައްކާތެރި މާހައުލެއް އޮތް މުޖުތަމައުއެއްގައި ދިރިއުޅުމަކީ ކޮންމެ ފަރުދެއްގެވެސް ވަރަށް ބޮޑު ހުވަފެނެކެވެ.  ރައްކާތެރިކަމުގެ އިހުސާސްކުރެވިގެން ދިރިއުޅެވޭ އަދި އަބަދުމެ ފުލުހުން ފޯރިމަރަން ނުޖެހޭހާ ރައްކާތެރި ސިޓީއެއްގައި  ދިރިއުޅެން ބޭނުންވެއެވެ. ހަގީގަތުގައި ކަމާ ބެހޭ ފަރާތްތަކަށް އިންސާނީ ވަސީލަތް  ތަކުގެ ދަތިކަމަށްވުރެ  ބޮޑަށް ކުރިމަތިވަނީ  ޓެކްނޮލޮޖީގެ ދަތިކަމެވެ. ވީޑިއޯ ސަވެއިލަންސް ފަދަ ވަސީލަތްތަކުގަ ވަރަށް ބައިވަރު މައުލޫމާތާއި ޑޭޓާ އެކުލެވިގެންވި  ނަމަވެސް ގިނަ ފަހަރު ވީޑިއޯ ފުޓޭޖް ބަލާ ރިވިއު ކުރާ ފަރާތްތަކަށް މައުނަވީ ގޮތެއްގައި ޑޭޓާ ދޭހަނުކުރެވި ދެއެވެ.

ފަހުގެ ހޯދުންތަކަށް ބަލާލާއިރު ސްމާޓް ޓެކްނޮލޮޖީސް ބޭނުންކުރާ ތަންތަނުގަ ކުށްކުރާ މިންވަރު 40-30 އިންސައްތަ  ދައްކަން ފާހަގަޖުރެވެއެވެ. އަދި ކުއްލި ހާލަތްތަކުގައި ފިޔަވަޅުއެޅޭ ވަގުތު 35-20 އިންސައްތަ އަވަހެވެ.  ވީޑިއޯ އެނަލައިސްކުރާ  ޓެކްނޮލޮޖީގެ އެހީގައި ވީޑިއޯއިން ފެންނަ މަންޒަރުތަކުން މީހުނާއި ތަކެތި ވަކިކޮށް ދެނެގަނެވެއެވެ.

ގްރޭޓަރ  މާލެ ސަރަހައްދުގައި އަމާން ރައްކާތެރި މުޖުތަމައުއެއް ބިނާ ކުރުމަކީ އެޗްޑީސީއިން ފަށާފައިވާ ސްމާޓް ސިޓީ މަޝްރޫޢުގެ މުހިންމު ލަނޑުދަނޑިއެކެވެ. މި މަޝްރޫއު ގެދަށުން މުޅި ހުޅުމާލެ ސިޓީގައި، މަގުތަކާއި ޕާކު ފަދަ އާންމުން  ބޭނުންކުރާ ހުރިހާތަނެއް ހިމެނޭނެހެން ސީސީ.ޓީވީ ވިއުގައެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ވިއުގައިގާ ހިމެނޭ ހުރިހާ ކެމެރާއެއް ހުންނާނީ އެޗްޑީސީގެ ގިގަބިޓް  ޕެސިވް އޮޕްޓިކަލް ނެޓްވަރކް (ޖީޕީއޯއެން( މެދުވެރިކޮށް ގުޅާލެވިފައެވެ.
 

ކުރިމަގުގައި  ޖްރޭޓަރ މާލޭގެ އެހެން ސަރަހައްދުތައްވެސް މި ވިއުގައިން ގުޅާލުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫއު  ފެށިގެންދާނީ ހުޅުމާލެ ފޭސް 2 ގައި ހިޔާ ފުލެޓްތަކާއި ވަޝައިގެންވާ  އާންމު ސަރަހައްދުތަކުންނެވެ. އެއައްފަހު ހުޅުމާލެގެ ދެވަނަ ފޭސް ތަރައްގީކުރުމުގެ ޕްލޭން އަށް ބިނާކޮށް ސީސީޓީވީ ވިއުގަވެސް ގާއިމްކުރެވެމުން ދާނެއެވެ.

މިވީޑިއޯ ސަވެއިލަންސްގެ އެހީގައި ސިޓީގައި ހިނގާ ކަންކަމަށް އަދި ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ވެގެން ދާނެއެވެ. 9 ގައުމެއްގައި ހެދިފައިވާ ދިރާސާއިން ދައްކާގޮތުގައި ސީސީޓީވީ ހުރުމުން ފާހަގަކޮއްލެވޭ  ވަރަށް ކުއްކުރާ މިންވަރު ދަށްވެގެން ދެއެވެ. އަދި ވީޑިއޯ ސަވައިލެންސް ހުންނަ ސަރަހައްދުތަކުގައި މަސްތުވާތަކެއްޗާ  ގުޅުންހުރި ކުށްތައް 20 އިންސައްތަ މަދުކަންވެސް ފާހަގަކުރެވެއެވެ. ސީސީޓީވީ ހުންނަ ތަންތަނަކީ ރައްކާތެރި ތަންތަން  ކަމުގައި މީހުން ދެކި އާންމު ތަންތަން ފުރިހަމަ ގޮތުގައު ބޭނުންކުރާވަރު އިތުރުވެއެވެ.

އެޗް.ޑީ.ސީގެ ހާމަކުރައްވާފައިވާ ގޮތުގައި ފޭސް 1 ގެ ފޭޖީޕީއޯއެން މަޝްރޫއު ނިމުމުން ސީސީޓީވީ ވިއުގަ އެ ސަރަހައްދުގައިވެސް ގާއިމްކުރެވިގެންދާނެއެވެ. މިމަޝްރޫއުގައި ސީސީޓީވީ ގެ އިތުރުން ގާއިމް ކުރެވޭ އެހެން ސްމާޓް  ވަސީލަތްތަކުގެ ސަބަބުން ފުލުހުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ މަސައްކަތްތަކުގެ ދުވެލި  އަވަސްވެ ހަރުދަނާވެގެން ދާނެއެވެ. އަދި ހިނގާ ހާދިސާތައް ދެނެގަތުން އަވަސްވެ މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުން  އިތުރުވެގެންދާނެއެވެ.