ސްކިލްސް ފޮރ އަ ރިޒިލިޔެންޓް ވޯރކްފޯރސް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

21 ޖޫން 2021 - 15:52

ސްކިލްސް ފޮރ އަ ރިޒިލިޔެންޓް ވޯރކްފޯރސް ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.

މިއީ ވާރލްޑް ބޭންކުގެ އެހީއާއިއެކު ދިވެހި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ކޯސްތައް ހިންގުމުގެ ފުރުސަތު ވީހާވެސް ގިނަ ޕްރައިވެޓް ޓްރެއިނިންގ ޕްރޮވައިޑަރުންނަށް ލިބިގެންދިއުމަކީ މިނިސްޓްރީގެ އަމާޒެއްކަމަށެވެ. މިހާރުވެސް 460 ދަރިވަރުންނަށް އަމާޒުކޮށްގެން 12 ކޯހެއް ހިންގުމަށް 5 ފަރާތަކާއިއެކު މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ޕްރޮގްރާމުތަކުގެ ޓްރޭނިންގ ހިންގައިދޭނެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް އަދި މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވުމަށް 2021 ޖޫން 28 ގެ 13:00 ގެ ކުރިން bids@mohe.gov.mv އަށް އީ-މެއިލް ކުރުމަށް މިނިސްޓްރިން ވަނީ އެދިފައެވެ. މައުލޫމާތު ދިނުން އޮންނާނީ 2021 ޖޫން 29 ގެ 11:00 ގައި އޮންލައިންކޮށެވެ. އަދި ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ސެޝަންގެ ލިންކް އީ-މެއިލް އިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2021 ޖުލައި 04 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ.