ހުޅުމާލޭގައި ސިޓީ ބައިކް ޕްރޮޖެކްޓެއް ފަށަނީ

8 ޖޫން 2021 - 10:12

ހުޅުމާލޭގައި ސިޓީ ބައިކް ޕުރޮޖެކްޓެއް ހިންގުމަށް ބެންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާއި ހައުސިން ޑިވަލޮޕްމެންޓް ކޯޕޮރޭޝަންއާއި ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ބައިނަލްއަޤުވާމީ ބައިސްކަލް ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އިފްތިތާޙް ކުރެވުނު ޕުރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވަނީ ޖުމްލަ 300 ބައިސްކަލާއެކުގައެވެ.

އަދި މި ޕުރޮޖެކްޓްގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ޕާކިން ޑޮކްސް އަދި ޑިޖިޓަލް ޕޭމެންޓް ހެދޭނެ ވަސީލަތްތައް ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި އެއަބަސްވުމުގެ ދަށުން ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށާއި ހުޅުމާލެއަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ހެޔޮ އަގުގައި ބައިސްކަލް ކުއްޔަށް ނެގުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ.

މިޕްރޮޖެކްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަނުން ހައުސިން ޑިވަލޮޕްވެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ މި މަސައްކަތަކީ އެކޯޕަރޭޝަންގެ ދަށުން ކުރިއައް ގެންދާ ނާޒުކު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެއަކީ ސާފު އަދި ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗް.ޑީ.ސީ އިން ދަނީ އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެޗް.ޑީ.ސީ އިން ދަނީ އަބަދުވެސް ރައްޔިތުންނާއި ގާތުން ޚިދުމަތްފޯރުކޮށްދީ ޤަވައިދުން ހުޅުމާލޭގެ އެކިއެކި ސަރަހައްދުތައް ސާފުކޮށް ބަލަހައްޓަމުންނެވެ.