ސްޓެލްކޯގެ ސަބްސްޓޭޝަން ޓްރާންސްފޯމަރ އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފި

7 ޖޫން 2021 - 8:18

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، ސްޓެލްކޯގެ ސަބްސްޓޭޝަން ޓްރާންސްފޯމަރ އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ސަބްސްޓޭޝަން 47 ގައި ހުރި 630Kva ގެ ޓްރާންސްފޯމަރު ނަގާ 1500Kva ގެ އައު ޓްރާންސްފޯމަރެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދިޔަކަމަށެވެ.

ސްޓެލްކޯއިން ވިދާޅުވީ ޓްރާންސްފޯމަރ އަޕްގްރޭޑްކުރުމުގެ މަސައްކަތް 14:30 އަށް ނިންމާލައި ކަރަންޓް ކެނޑިފައިވާ ގޭތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ފެށޭނެކަމަށެވެ. ކަސްޓަމަރުންނަށް މިކަމުން ލިބިދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ. އަދި ޚިދުމަތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އެ ކުންފުނިން ކުރަމުންދާ މިފަދަ މަސައްކަތްތަކަށް ކަސްޓަމަރުން ދެއްވާ އެހީތެރިކަމަށް ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.