ގުޅިފަޅު ބިންހިއްކުމާއި އިތުރު މަސައްކަތްތައް ފެށުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެ

5 ޖޫން 2021 - 14:21

ގުޅިފަޅު ބިންހިއްކުމުގެ މަސައްކަތާއި، އިތުރު މަސައްކަތް ފެށުމަށް ސައިޓް މޮބަލައިޒް ކޮށް އެމްޓީސީސީން ތައްޔާރު ވެއްޖެ އެވެ.

އެމްޓީސީސީ އިން މިކަމާއި ގުޅިގެން ބުނެފައި ވަނީ، ގުޅިފަޅު ބިންހިއްކުމާއި އިތުރު މަސައްކަތްތައް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި 2 ޖޫން 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައި ވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 80،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށާއި، މި މަޝްރޫޢަކީ 8.94 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޓީސީސީއިން ބުނީ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 55 ދުވަސްތެރޭ ކަމަށެވެ.

ގުޅިފަޅު ހިއްކުމަށްފަހު އެތަނުން މާލޭ ރައްޔިތުންނަށް 1200 ބިން ދޫކުރަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.