އެމެރިކާގެ މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރުސީން ވެބިނަރ ބާއްވައިފި

23 މެއި 2021 - 9:46

އެމެރިކާގެ މާކެޓަށް އަމާޒުކޮށް އެކްސްޕީޑިޔާ އާއި ގުލީގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ވިޒިޓް މޯލްޑިވްސްއިން ޖޮއިންޓް ވެބިނަރ އެއް ބާއްވައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ބޭއްވިގެން ދިޔަ މި ވެބިނަރ އަކީ އެމެރިކާ މާކެޓްގެ ޓްރެވެލް އެޖެންޓުން ތަމްރީނުކޮށް ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަމަހައްޓުމަށް ބޭއްވި ވެބިނަރ އެކެވެ. އަދި 'ޕްރީ ޕެންޑެމިކް' އެރައިވަލް އަދަދުތައް ހާސިލްކުރުންވެސް މި ވެބިނަރ ބޭއްވި މަޤްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޓީ.އޭ.އޭ.ޕީ އަކީ އެމެރިކާ މާކެޓްގެ ޓްރެވެލް އެޖެންޓުންނަށް ތައާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ޓްރެވެލް އެޖެންޓުންނަށް އެކްސްޕީޑިޔާގެ ގްލޯބަލް އިންވެންޓަރީ އައް ވަދެ ހޮޓެލްތަކާއި ޕެކޭޖްތަކާއި އަދި އެހެނިހެން އެކްސްޕީޑިޔާއިން ވިއްކާ ހަރަކާތްތަކުން ކޮމިޝަން އެއް ލިބޭނެއެވެ. އެމްއެމްޕީއާރުސީން ބުނިގޮތުގައި 390 އައް ވުރެން ގިނަ އެޖެންޓުން މިއިވެންޓުގައި ރަޖިސްޓަރ ކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީން ބުނިގޮތުގައި އެކްސްޕީޑިޔާ އާއި ގުލީގެން ވިޒިޓް މޯލްޑިވްސްއިން ބޭއްވުނު ޖޮއިންޓް ވެބިނަރގައި ރާއްޖޭގައި ހުށަހަޅާ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ކުރެވޭ ތަފާތު ތަޖުރިބާތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދެވިގެން ދިޔަކަމަށް. އޭގެއިތުރުން ދިވެހިރާއްޖެ ގުދުރަތީ ގޮތުން ވަކި ރައްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމުން ފަތުރުވެރިން ދަތުރުކުރަން އެންމެ ރަަައްކާތެރި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިސްތިހާރުކުރެވުނުކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި ދިވެހިރާއްޖެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެނެގަނެ ރާއްޖެއައް ވޯލްޑް ޓްރެވެލް އެންޑް ޓުއަރިޒަމް ކައުންސިލްގެ ފަރާތުން 'ސޭފް ޓްރެވެލް ސްޓޭމްޕް' ދީފައިވާކަމުގެ މައުލޫމާތުވެސް މި ވެބިނަރގެ ބައިވެރިންނާއި ހިއްސާކުރެވުނުކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނިގޮތުގައި ދިވެހިރާއްޖޭގައި ތައާރަފްކޮށްފައިވާ ލޯކަލް އިނިޝިއޭޓިވްތަކާއި ބެހޭ މައުލޫމާތު ވަނީ މި ވެބިނަރގައި ފޯރުކޯށްދީފަ ކަމަށެވެ. އަދި މިޕްރޮގްރާމްތަކުގެ ތެރޭގައި އެންމެ ފަހުން މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި ވިޒިޓް މޯލްޑިވްސް ތައާރަފްކުރި "އައި އެމް ވެކްސިނޭޓެޑް' ކެމްޕެއިން ހިމެނެއެވެ. އެގޮތުން އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިނާއި ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިނޭޝަން ޑްރައިވް އާއި ބެހޭ މައުލޫމާތާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒިފުން 100 އިންސައްތަ ވެކްސިނޭޓެޑް ދުނިޔޭގެ އެންމެ ފުރަތަމަ ޤައުމަށް ހެދުމަށްކުރާ މަސައްކަތަކުގެ މައުލޫމާތުވެސް ހިއްސާކުރިކަމަށް އެ ކުންފުނިން ބުންޏެވެ.

2 މެއި 2021 ގެ ނިޔަށް އެމެރިކާ މާކެޓުން ވަނީ ދިވެހިރާއްޖެ އަށް 446،13 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި މާކެޓްއަކީ %3.6 މާކެޓުގެ ޝެއަރ އާއި އެކު 6 ވަނައަށް އެންމެ ގިނައިން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ.