ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށް

22 މެއި 2021 - 14:35

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރަން ހަމަޖެހިފައިވެއެވެ.

ފަރެސްމާތޮޑާ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް ވަނީ 16 ޖެނުއަރީ 2021 ވަނަ ދުވަހު ފަށާފައެވެ.

މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް މޮބިލައިޒް ކޮށްފައިވަނީ 2021 ޖަނަވަރީ ފުރަތަމަ ދުވަހުއެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައި ވަނީ، 2021 ނޮވެމްބަރ 11 ވަނަ ދުވަހުގެ ކުރިން މި މަޝްރޫޢު ނިންމަން މަސައްކަތް ކުރާނެކަމަށެވެ.