އައުޓްޑޯ ވޮލީކޯޓު އަޅާ 25 ރަށް އިއުލާން ކޮށްފި

19 މެއި 2021 - 16:23

ރާއްޖޭގެ 25 ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓް އަޅަން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު އިއުލާން ކުރައްވައިފި އެވެ.

އެއީ ހދ. ފިނޭ، ހދ. ކުޅުދުއްފުށި، ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ބ. ކެންދޫ، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ވ. ކެޔޮދޫ، ވ. ފެލިދޫ، ވ. ފުލިދޫ، މ. ދިއްގަރު، ފ. މަގޫދޫ، ފ. ނިލަންދޫ، ތ. މަޑިފުށި، ތ. ހިރިލަންދޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގއ. ނިލަންދޫ، ގއ. ކޮލަމާފުށި، ގއ. ދާންދޫ، ޏ. ފުވައްމުލައް އަދި ސ. ފޭދު އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މި ޕްރޮޖެކްޓަށް 25 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

އމިނިސްޓަރ މަހުލޫފު ވިދާޅުވި ގޮތުގައި، ސަރުކާރުން ކުރިން އަޅާފައިވާ އައުޓްޑޯ ކޯޓްތަކަށް ވުރެ، އަލަށް މިފަހަރު އިއުލާންކުރި 25 ރަށުގައި ގާއިމުކުރާ ވޮލީކޯޓުގެ ފެންވަރު ރަނގަޅުވާނެ އެވެ.

ސަރުކާރުން ވަނީ ރ. ކިނޮޅަހާއި އދ. ދިއްދޫގައި އައުޓްޑޯ ވޮލީ ކޯޓު އަޅައިފަ އެވެ. އެ ތަން ގާއިމުކުރަނީ ފްލޯރިންގެ އިތުރުން ފެންސާއި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓިން ސިސްޓަމް ވެސް ބަހައްޓައިގެންނެވެ.