ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ގެ މަސައްކަތް ފަށަނީ

25 އެޕްރީލް 2021 - 8:23

ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ގެ މަސައްކަތް ފަށަން ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދާ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީ އެސް) އިން ތައްޔާރުވެއްޖެއެވެ.

މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަ ލާ ގުޅޭ ސައިންޓިފިކް ދިރާސާ ކުރުމަށް އުފައްދާ ސެޓެލައިޓެކެވެ. މި ޕްރޮޓޮޓައިޕް ސެޓެލައިޓަށް ބޭނުންވާ ހާޑް ވެރ ސަޕްލައިކޮށް، ސެޓެލައި ޓް ލޯންޗް ކުރުގައި ފަންނީ ގޮތުން އެހީ ތެރިވެދިނުމަށް އައިޖީ އެސް އާއި އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާ އެކު މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސް ވުމުގެ ދަށުން، ސެޓެލައިޓް ލޯންޗް ކުރާނެ ގައުމެއް ހަމަޖައްސައި، އެ ގައުމުގެ އެއާ ސްޕޭސް ބޭނުން ކުރުމުގެ ހުއްދަ ނެގުމުގައި ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އައިޖީ އެސް އަށް އެހީ ތެރިކަން ފޯރުކޮށްދޭނެއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދާ އައިޖީ އެސް ގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވިގޮތުގައި މި މިޝަންއަށް ބޭނުންވާ ފަންޑިން ހަމަޖެހި، އަމަލީ މަސައްކަތް ފެށުމަށް މިހާރުވަނީ ތައްޔާރު ވެފައިކަމަށެވެ.

“މިޝަން ގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލާނަން. ސެޓެލައިޓް އުފައްދާނީ ވެސް އަދި މުޅި މިޝަން ލ ޑް ކުރާނ ވެސް ދިވެހި ޒުވާނުން. އެކަމަށް ބޭނުންވާ ތަމްރީނު އަޅުގަނޑުމެން ފޯރުކޮށްދޭނަން” ރިފްއަތު ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަނ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރި ކަމާއެކުގައެވެ. އެޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި، އެމެރިކާގެ ޖައްވ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ.

މިދިޔަ އޮކްޓޯބަރު މަހު އައިޖީ އެސް އާއި ކޭއެސްއެފް އާ އެކު ސޮއި ކުރި އެއްބަސްބުމުވެ ދަށުން، ސްޓެލައިޓް ޑިޒައިން ކޮށް، ލޯންޗް ކޮށް، ސައިންޓިފިކް ރިސާޗް ހަދަން އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން 12 ދިވެހިން ތަމްރީނު ކުރާނެއެވެ.