ވ.ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

25 އެޕްރީލް 2021 - 8:03

ވ އަތޮޅު ފުލިދޫ ގޮނޑުދޮށް ހިމާޔަށް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވާކަމަށް، އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން މިކަމާއި ގުޅިގެން ބުނެފައިވަނީ، މި މަޝްރޫއުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި، 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަހައްދަށް އެޅުމަށް ހަމަޖެހިފައި ވާކަމަށެވެ. އަދި މި މަޝްރޫއަކީ 16.94 މިލިއަން ރުފިޔާގެ މަޝްރޫއު އެއް ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ، 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ.

އެއްބަސްވުމުގައި ވާގޮތުން މި މަސައްކަތް 350 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އެމްޓީސީސީއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އެކުންފުނީގެ ގިނަ މަޝްރޫއު ތަކެއް ހަލުވި ބާރުމިނެއްގައި ހިންގަމުންނެވެ.