ވ. ރަކީދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

6 އެޕްރީލް 2021 - 1:26

އެމްޓީސީސީއިން ކުރިއަށް ގެންދިޔަ ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް 30 މާރޗް 2021 ވަނަ ދުވަހު ނިންމާލައިފިއެވެ.

މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުއަކީ 18.5 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ރަކީދޫގެ ބަނދަރުގެ 5،654 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 11306 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދު ވަނީ ފުންކޮށްފައެވެ. އަދި 198 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލައި، 156 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 44 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 594 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރެވިފައިވާކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ.