ސ. މަރަދޫ، ސ. މަރަދޫފޭދޫ އަދި ސ.ފޭދޫގެ ނަރުދަމާ މަޝްރޫޢުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

3 އެޕްރީލް 2021 - 4:27

ސ. މަރަދޫ، ސ. މަރަދޫފޭދޫ އަދި ސ. ފޭދޫގެ ނަރުދަމާ މަޝްރޫޢުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ސ. ފޭދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްފާޟިލް މުހައްމަދު ނިހާދުއާއި، ޕްލޭނިންގް މިނިސްޓްރީގެ އިސްވެރިންނާއި، ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ސަޢީދު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، 978,1 ގެއަށް ހޮޅި ގުޅައިދިނުމާއި، 522,33 ނަރުދަމާ ހޮޅި ވަޅުލުމާއި، 314 މޭންހޯލް ކޮނުމާއި، 595,8 ޕްރެޝަރ ހޮޅި ވަޅުލުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މި ކުންފުންޏާއި ހަވާލުކުރި މި މަޝްރޫޢަކީ 581.129 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމުނީ 11 އޮކްޓޯބަރ 2019 ވަނަ ދުވަހުއެވެ.