ބ.އަތޮޅު ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

29 މާޗް 2021 - 4:46

ބ.އަތޮޅު ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

މިއަދު ސޮއިކޮށްފައިވަނީ ބ.ދަރަވަންދޫ، ތުޅާދޫ އަދި ކެންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތުގެ އެއްބަސްވުމުގަ އެވެ.

އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު، ކޯޕަރޭޓް އެފެއާޒް އަހުމަދު ޝުހާދެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ.

ދަރަވަންދޫ އާއި ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް ކޮންޓްރެކްޓު ކޮށްފައި ވަނީ 2.2 މިލިއަން ރުފިޔާ އަށެވެ. ކެންދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ ކޮންޓްރެކްޓު އަގަކީ 1.6 މިލިއަން ރުފިޔާ އެވެ.