ރާއްޖެއާ އިންޑިއާ ދެމެދު މުދާ އުފުލުމުގެ ސީދާ ދަތުރުތައް ފަށައިފި

7 މެއި 2023 - 3:26

އިންޑިއާގެ ޓަމިލްނާޑޫގެ ތޫތުކުޑިއާއި ރާއްޖެއާ ދެމެދު ކޮންޓައިނަރ ޝިޕިންގެ ޚިދުމަތް ފަށައިފިއެވެ.

މީގެ ކުރިން ރާއްޖެއާއި ތޫތުކުޑިއާ ދެމެދު ދަތުރު ކުރަމުން އަންނަނީ ސްރީ ލަންކާ މަގުންނެވެ. އިންޑިއާގައި އިފްތިތާޙް ކުރެވުނު މި ޚިދުމަތާއެކު ރާއްޖެއާ ތޫތުކުޑިއާ ދެމެދު ސީދާ ދަތުރުތައް ފެށިގެންދާނެއެވެ.

މިހިދުމަތް ފައްޓަވާދެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭސް ޝާންތަނޫ ޓާކޫރެވެ.

މި ހިދުމަތާއެކު މާލެ އާއި ޓުޓިކޮރިންއާ ދެމެދު މަހަކު ތިން ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރަނީ ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި އެމްއެސްއެސްގެ ބޯޓު އެމްއެސްއެސް ގަލީނާ އެވެ.