އަރބަންކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމް: 12 ދާއިރާއަކުން 100 ފުރުސަތު
18 އެޕްރީލް 2023 - 8:25
އާބަންކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2023 އަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާފައިވާއިރު، މިފަހަރުގެ ޕްރޮގްރާމްގައި ތަފާތު 12 ދާއިރާއަކުން 100 ސްލޮޓަށް ހުޅުވާލާފައިވާ ކަމަށް އަރބަންކޯއިން މައުލޫމާތުދެއެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އާބަންކޯއިން ކުރިއަށް ގެންދާ ސީއެސްއާރުގެ އެންމެ މުހިންމު އެއް ހަރަކާތެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ޚިޔާރުކުރާ ޑިސިޕްލިންގެ ހުނަރުތައް ތަރައްޤީކޮށް، އަމިއްލަ ނަފްސަށް އިތުބާރު ހޯދުމާއި، މަސައްކަތުގެ އަޚްލާޤު ދަސްކޮށް، ޕްރޮފެޝަނަލަކަށްވުމަށް އެޕްރެންޓިސްގެ ޤާބިލުކަން ބިނާކުރުމެވެ.
މިފަހަރުގެ ޕްރޮގްރާމްގައި ޝޯޓްލިސްޓް ކޮށްފައިވާ އޭރިއާތައް:
ފިޝަރީޒް އެންޑް އެގްރިކަލްޗަރ
- ގާރޑެނިންގ
- ރެފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކް
ސޯޝަލް ސެކްޓަރ
- އިންވެންޓަރީ މެނޭޖްމަންޓް
އައިސީޓީ
- ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ
ޓުއަރިޒަމް ސެކްޓަރ
- ހައުސްކީޕިންގ
- ލޯންޑަރީ އޮޕަރޭޝަންސް
- ފްރޮންޓް އޮފީސް ސަރވިސަސް
ޓްރާންސްޕޯޓް ސެކްޓަރ
- ހެވީ ވެހިކަލް އޮޕަރޭޝަންސް
ކޮންސްޓްރަކްޝަން ސެކްޓަރ
- ކޮންސްޓްރަކްޝަން ސައިޓް ސުޕަރވިޒަން
- ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން
- ޕެއިންޓިންގ އެންޑް ޑެކަރޭޝަންސް
- ވެލްޑިންގ ޓެކްނީކްސް
މަގާމަށް ކުރިމަތިލުމުގެ ޝަރުތު:
- ގްރޭޑް 10 ނިންމާފައިވުން/ ނުވަތަ އެމްކިއުއޭ ގަބޫލުކުރާ ލެވެލް 2 ގެ ކޯހެއް ފުރިހަމަކޮށްފައިވުން
- 16 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ ދިވެހި ރައްޔިތެއް (ހެވީ ވެހިކަލްތަކަށް ކުރިމަތިލާ ފަރާތްތައް މަދުވެގެން 18 އަހަރު ފުރިފައިވުން)
ޓާގެޓް އޯޑިއަންސް: އެޕްލިކޭޝަން ހުށަހަޅާއިރު ވަޒީފާ ނެތް ނުވަތަ ޕާޓްޓައިމް ވަޒީފާއެއްގައި އުޅޭ މީހަކަށްވުމެވެ. ޕާޓްޓައިމް ވަޒީފާއެއްގައި ނަމަ ހަފްތާއަކު މަސައްކަތުގެ ގަޑިއަކީ 20 ގަޑިއިރަށްވުރެ ދިގުވެގެން ނުވާނެއެވެ.
މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަން ފޯރމް ފުރުއްވުމަށްފަހު ފޮނުއްވުމަށް 14 މެއި 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވަން ޖެހޭނެއެވެ.