ހއ. ކެލާގައި 200 އެނދުގެ ހޮޓަލެއް އަޅަން ޓޫރިޒަމް މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްފި
20 މާޗް 2021 - 10:00
ހއ.ކެލާގައި 200 އެނދުގެ ހޮޓަލެއް ތަރައްޤީކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ފިޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތުގައި އެކުންފުންޏާއި މި މަސައްކަތް ހަވާލު ކޮށްފައިވަނީ، ޢަމަލީ މަސައްކަތް ފަށާތާ 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ފެޑޯ ހޯލްޑިންގްސް އިން ބުނީ ކެލާގައި ތަރައްގީ ކުރާ ޓޫރިސްޓު ހޮޓަލުން ފުލް ފްލެޖު ރިސޯޓަކުން ލިބޭ ހުރިހާ ހިދުމަތެއްވެސް ލިބޭނެ ކަމަށާއި އެތަން ތަރައްގީ ކުރަން ނިންމާފައިވަނީ ރާއްޖޭގައި މިހާތަނަށް އެފަދަ ފެސިލިޓީ އެއް ގާއިމްކޮށްފައި ނުވާ ތަފާތު ކޮންސެޕްޓަކަށް ކަމަށެވެ. ހއ. ކެލާގައި ތަރައްޤީކުރަނީ 200 އެނދުގެ 100 ކޮޓަރީގެ ހޮޓަލެވެ.
ފިޑޯ ޕްރައިވެޓް ލިމިޓެޑުން ބުނީ ކެލާގައި ތަރައްޤީކުރާ 200 އެނދުގެ މި ހޮޓަލަކީ ރިސޯޓެއްގައި ފެންވަރަށް ޙިދުމަތް ލިބޭނެގޮތަށް ތަރައްޤީ ކުރެވިގެންދާނެ ތަނެއް ކަމަށެވެ. އެގޮތުން ވޯޓާ ސްޕޯޓްސްއާއި ޑައިވް ޙިދުމަތާއި ރެސްޓޯރެންޓްގެ ޙިދުމަތް އެތަނުން ލިބޭނޭކަމަށް އެކުންފުނިން ބުނެއެވެ. ކެލާގައި ޓޫރިސްޓު ހޮޓަލެއް ޤާއިމު ކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ހުޅުވާލީ މިދިޔަ އަހަރު ފަހުކޮޅުއެވެ.