ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފި

16 މާޗް 2023 - 15:38

15 މާރިޗް 2023 ވީ ބުދަ ދުވަހުގެ ރޭ، ފަރެސްމާ ތޮޑާ އެއަރޕޯޓު ރަސްމީކޮސް ހުޅުވައިފިއެވެ.

ދިވެހިރާއްޖޭގައި ހުޅުވޭ 18 ވަނަ ވައިގެ ބަދަރު ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައިސުލްޖުމްހޫރިއްޔާ،
އިބްރާހިމް މުޙައްމަދު ސޯލިޙުއެވެ.

ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގެމަތިން އެއްރަށުން އަނެއްރަށަށް
ދެވޭނެ އިންތިޒާމްތައް ހަމަޖައްސަވައި ދިނުމަށް މިއަދުގެ ސަރުކާރުން ވަރަށް ގިނަގުނަ މަސައްކަތްތައް ދަނީކުރަމުންނެވެ. އެގޮތުން
ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ 30 މިނިޓުގެ ރާސްތާއެއްގައި އެއަރޕޯޓެއް އޮތުމެވެ.

މިއަދު މިހުޅުވިގެން ދިޔަ އެއަރޕޯޓަކީ 1200 މީޓަރުގެ ރަންވޭއަކާއި ނައިޓް ލޭންޑިންގެ ފެސިލިޓީއާއެކު ހުޅުވިގެން ދިޔަ އެއަރޕޯޓެކެވެ. އަދި މިއީ މިހާތަނަށް ހުޅުވިގެން ދިޔަ އެންމެ ފުރިހަމަ އެއް ޑޮމެސްޓިކް އެއަރޕޯޓް ކަންވަނީ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ
އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަލްފާޞިލް މުހައްމަދު އަސްލަމް ފާ ހަގަކުރައްވާފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އާރް.އޭ.ސީ.އެލް) ގެ ވަރަށް ބޮޑު ހިއްސާއެއް އޮވެ، މިނިސްޓަރީ
އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓް ރަކްޗަރ އާއި ގުޅިގެން ހުޅުވުނު އެއަރޕޯޓެކެވެ. މިއައެރޕޯޓް ހުޅުވިގެން ދިއުމާއެކު، މިއަތޮޅުގެ އަދި ހާއްސަކޮށް މި އެއަރޕޯޓްކައިރީގައިވާ ރައްތަކަ ށް އިގްތިސާދީ އަދި އުމްރާނީ ވަރަށް
ބޮޑެތި ކުރިއެރުންތައް އަންނާނެއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލް ޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި މިވައިގެ ބަދަރުން މިސަރަހައްދުގެ ރައްޔިތުންނަށް
ލިބޭނީ ހަމައެކަނި ދަތުރުފަތުރުގެ ލުއިފަސޭހަކަމެއް ނޫނެވެ. އިގްތިސާދީ އެތައް މަންފާއެއް ލިބި، އަދި ރަށަށް އިޖްތިމާއީ ހަމަޖެހުން
އަންނާނެކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މީގެ އިތުރުން ހޮޓާ، ރެސްޓޯރަންޓް ވިޔަފާރި އާއި އެނޫންވެސް ވިޔަފާރިތަކަށް މިހުޅުވުނީ
އިތުރު ދޮރެއް ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ހުޅުވިގެންދިޔަ އެއަރޕޯޓުން އެ ކަނިވެސް އަހަރެއްގެ މައްޗަށް 7 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ހޭދަކުރެވިގެންދާނެއެވެ. މިއީ
ދިވެހި ރާއްޖޭގެ އިގްތިސާދަށް ވަ ދެވިގެންދާނެ ލާރިއެވެ.

މި އެއަރޕޯޓަކީ ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެ ދަށުން ހިންގައި ބަލަހައްޓަމުން ގެންދާނެ 7 ވަނަ އެއަރޕޯޓެކެވެ. ރީޖަނަލް އެއަރޕޯޓްސް އުފެދުނީއްސުރެއް އެކުންފުނިން ދަނީ ވަރަށް ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، މިއަދު
އެކުންފުނިން ބަލަހައްޓާ ހިންގަމުންދާ އެންމެހައި އެއަރޕޯޓްތަކަކީ ޒަމާނީ ފެންވަރުގެ މެސިންތައް ބެހެއްޓި، ސިވިލް އޭވިއޭޝަންސްއިން
ގަބޫލުކުރާ މިންގަނޑަށް ގެނެވިފައިވާ އެއަރޕޯޓްތަކެކެވެ.

އާރް.އޭ.ސީއެލްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ފާހަގަ ކުރެއްވި ގޮތު ގައި ކުންފުނި އުފެދި، މި ވީ 02 އަހަރު ދުވު ހުގެ
މުއްދަތު ތެރޭގައި ރައީސްގެ ވައުދު ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން، ރިޒްވީ ފާހަގަކުރެއްވި
ގޮތުގައި އަމިއްލަ ވަސީލައްތައް ބިނާކޮށް ކުރެވުނު މަސައްކަތުގެ ފައިދާ މުޅި ސިނާއަތަށް ވަނީ ކޮށްފައެވެ.

މާދަމާ އެއަރޕޯޓެއް ހުޅުވަންޖެހުނަސް ރީޖަނަލް އެއަރޕޯޓްސް ތައްޔާރަށް އޮތްކަން ރިޒްވީގެ ވާހަކަ ފުޅުގައިވަނީ ފާހަގަ ކޮށްފައިވެއެވެ. އަދި
ރައްޔިތުނަށް ދިވެހިރާއްޖޭގެ ރައީސް ވެފައިވާ ވައު ދުފުޅު ރަނުންރަނަށް ފުއްދުމުގައި ދުލެއް ނުދޭނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.