އިޢާދަކުރުވަނިވި ހަކަތައިން ފެން ފެއްދުމުގެ ނިޒާމެއް، އެމްޑަބްލިޔުއެސްސީން ތިލަފުށީގައި ޤާއިމުކުރަނީ

16 ފެބުރުއަރީ 2023 - 17:33

އިޢާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ބޯފެން އުފެއްދުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަޝްރޫޢެއް ހިންގުމުގެ އެއްބަސްވުމެއްގައި އެމްޑަބްލިޔުއެސްސީން ބަޔަކާއެކު ސޮއިކޮށްފިއެވެ.

އެމް.ޑަބްލިޔު.އެސް.ސީން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފަވަނީ ޖަޕާނުގެ ހިޓާޗީ ޒޯސެން ކޯޕަރޭޝަނާއި ރާއްޖޭގެ ރެނިއުބަލް އެނަރޖީ މޯލްޑިވްސްއާ ދެމެދުއެވެ. ގުޅީފަޅުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގަތެވެ. އަދި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޓަކެއުޗީ މިޑޮރީވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙެވެ. ހިޓާޗީ ޒޯސެން ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މިޔާގީ ޓައިޔޯއެވެ. ރިނިއުބަލް އެނަރޖީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗެއާރމަން ޑޮކްޓަރ އިބްރާހިމް ނާޝިދެވެ.

މި މަޝްރޫޢުގެ ދަށުން، ދުވާލަކު 500 އަކަމީޓަރުގެ ފެން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ އާރ.އޯ ޕްލާންޓެއް ބެހެއްޓުމާއި، 500 ކިލޯވޯޓުގެ ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމާއި 450,1 ކިލޯވޯޓް ޕަރ އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލުކުރާނެއެވެ.