ޅައިމަގު، ނަރުދޫ، ފީވަށް އަދި މަތިވެރީ ސިއްޙީ މަރުކަޒު ބޮޑުކުރަން ހަވާލުކޮށްފި
20 ސެޕްޓެމްބަރ 2022 - 17:05
ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުގެ އިމާރާތް ބޮޑު ކުރުމުގެ މަސައްކަތް ކުންފުނިތަކަކާއި ހަވާލުކޮށްފި އެވެ.
ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ތިން ކުންފުންޏަކާއި ހަވާލުކޮށްފައިވަނީ ށ. ނަރުދޫ، ޅައިމަގު، ފީވައް އަދި އއ. މަތިވެރީ ސިއްހީ މަރުކަޒުގެ އިމާރާތް ބޮޑު ކުރުމުގެ މަސައްކަތެވެ.
މީގެ ތެރެއިން ނަރުދޫ އާއި ޅައިމަގުގެ ސިއްހީ މަރުކަޒު ބޮޑު ކުރަން ހަވާލު ކުރީ ކްލޭ ލިމިޓެޑް ލައިބިލިޓީ ޕަޓްނާޝިޕްއާއެވެ. މި ދެ ރަށުގެ މަސައްކަތް ފަސް މަސް ތެރޭގައި ނިންމަން ޖެހެ އެވެ.
ޅައިމަގު ސިއްހީ މަރުކަޒު ބޮޑު ކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ 4.3 މިލިއަން ރުފިޔާއަށެވެ. ނަރުދޫ ސިއްހީ މަރުކަޒު ހަވާލު ކުރީ 4.2 މިލިއަން ރުފިޔާ އަށެވެ.
ފީވަކު ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރީ ޕާސްޓްލައިން ޕްރައިވެޓް ލިމިޓެޑާއި އެވެ. 3.6 މިލިއަން ރުފިޔާގެ މި މަސައްކަތް ފަސް މަސް ތެރޭގައި ނިންމަން ޖެހެ އެވެ.
މަތިވެރީ ސިއްހީ މަރުކަޒުގެ މަސައްކަތްވެސް ފަސް މަސް ތެރޭގައި ނިންމަން ޖެހޭއިރު އެއީ 4.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރައިޒާ ޕްރައިވެޓް ލިމިޓެޑްއާއެވެ.