ގއ. ކަނޑުހުޅުދޫ ވޮލީ ކޯޓާއި، ބ. އޭދަފުށީ ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ހަވާލުކޮށްފި

5 ސެޕްޓެމްބަރ 2022 - 14:34

ގއ. ކަނޑުހުޅުދޫ އައުޓްޑޯ ވޮލީ ކޯޓަކާއި، ބ. އޭދަފުށީގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ޔޫތު މިިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކަނޑުހުޅުދޫ ވޮލީ ކޯޓު ތަރައްގީކުރަން ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކޮމްޕެނީއާއެވެ. އެ ކުންފުންޏާއެކު ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނާސިހް ރަޝީދެވެ. 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ އެ ވޮލީ ކޯޓު ނިންމަން ޖެހެނީ 39 ދުވަހުގެ ތެރޭގައެވެ.

އޭދަފުށީގައި ތަރައްގީކުރާ ފުޓްސަލް ދަނޑު އެޅުމަށް ހަވާލުކޮށްފައިވަނީ ތްރީ ޓްރީ މޯލްޑިވްސްއާއެވެ. އެކުންފުޏަށް މަސައްކަތް ހަވާލުކުރީ 1.5 މިލިއަން ރުފިޔާގެ އަގަކަށް 50 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.