ތިން ސްކޫލެއްގެ މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމަށް ކޮންޓްރެކްޓަރާއި ހަވާލުކޮށްފި

20 އެޕްރީލް 2022 - 15:32

ތިން ސްކޫލެއްގެ މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތުގެ އެގްރިމެންޓްގައި އެޑިޔުކޭޝަން މިނިސްޓްރީން ސޮއިކޮށްފިއެވެ.

މި ތިން ސްކޫލަކީ ރ. އިންނަމާދޫ ސްކޫލް، ހދ. މަކުނުދޫ ސްކޫލުގެ އިތުރުން ތ. މަޑިފުށި ސްކޫލެވެ.

ރ. އިންނަމާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް "އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" ހަވާލުކުރެވުނީ 11,341,575.60 ރުފިޔާ އަށް 325 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ހދ. މަކުނުދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް "އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" ހަވާލުކުރެވުނީ 12,008,846.18ރުފިޔާ އަށް 365  ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

 މީގެ އިތުރުން ތ. މަޑިފުށި ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް 'ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް' އާއި ހަވާލުކޮށްފައިވަނީ 9,148,413.11ރުފިޔާ އަށް، 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.