ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ވެލިދޫގެ ޕްރޮޖެކްޓް ސައިޓަށް!

18 އެޕްރީލް 2022 - 15:41

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވަނީ 13 އޭޕްރީލްގައި ކަމަށެވެ.

މި މަޝްރޫޢަކީ 18.25 މިލިއަން ރުފިޔާގެ މަޝްރޫއެކެއެވެ.

މި މަޝްރޫޢުގެ ދަށުން، 3.48 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 255 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.