ފުވައްމުލަށް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

26 މާޗް 2022 - 12:20

ފުވައްމުލަށް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ  މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މެޑަމް ފަޒްނާ އަހުމަދު ބައްލަވާލައްވައިފިއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި މަޝްރޫއު ކުރިއަށްދާ ގޮތް ބެއްލެވީ ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން  މިހާރު މަގުތަކުގައި  ހަދަމުން  އަންނަ ފެންހިންދާ  ނިޒާމްގެ  މަސައްކަތް  ކުރިއަށްދާގޮތް  ވަނީ  ބައްލަވާލައްވާފައެވެ. ރައީސް ސޯލިހެ އަރިހުގައި އަރިހުގައި  ނައިބްރައީސް ފައިސަލް ނަސީމް އާއި އެމްޓީސީސީގެ ސީއީއޯ  އާދަމް  އާޒިމް  އަދި  ޕްލޭނިންގ  މިނިސްޓްރީއާއި،  ސަރުކާރުގެ  ބައެއް  އިސްވެރިންވެސް  ވަނީ  ބައިވެރިވެވަޑައިގެންފައެވެ.

މިމަޝްރޫޢުގެ  ދަށުން މަޝްރޫއުގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، މީގެއިތުރުން، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރު ކުރުމާއި މަގު ބައްތި ހަރު ކުރުމުގެ އިތުރުން، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް  ހިމެނެއެވެ.

މިއީ  271.3  މިލިޔަން  ރުފިޔާގެ  މަޝްރޫއެކެއެވެ.