ބަހާއި ހިސާބު އިލްމުގެ ގައުމީ އިސްތިރާޖު ތަންފީޒް ކުރުން ފެށުން ފާހަގަކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

20 މާޗް 2022 - 16:03

ބަހާއި ހިސާބު އިލްމުގެ ގައުމީ އިސްތިރާޖު 2022-2027 އާއި އުގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރަން ފެށުން ފާހަގަކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އައިޝަތު އަލީއެވެ.

 އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ތިން ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 131 ސްކޫލުން ބައިވެރިވާ ކަމަށެވެ. މި ތަމްރީނު ޕްރޮގްރާމް ނިމޭއިރު، ބަހާއި ހިސާބު އިލްމު އުންގަންނައިދިނުމަށްޓަކައި މި ޕްރޮޖެކްޓުގައި ހިމެނޭ ކޮންމެ ސްކޫލަކުން ޓީޗަރަކު ވާނީ ތަމްރީނުކުރެވިފައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ތަމްރީން ޕްރޮގްރާމްއަކީ ޔުނިސެފްމޯލްޑިވްސް އާއި،ގީޕީފޯރއެޑިޔުކޭޝަން އިން ރާއްޖެއަށް ލިބުނު ހިލޭ އެހީ އާއި އެކު ގާއިމްކުރެވުނު "ލޭމްޕް" ޕްރޮޖެކްޓުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެއެވެ.