އަތޮޅުތެރެއިން ދެ ރަށެއްގައި އިތުރު ކްލާސްރޫމްތަކެއް އަޅައި ކިޔަވައިދެނީ!

26 ޖެނުއަރީ 2022 - 9:36

ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި އިމާރާތް ކުރި 12 ކްލާސްރޫމްގެ މަސައްކަތް ނިމި ކިޔަވައިދޭން ފަށާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

https://twitter.com/MoEdumv/status/1485620918357721091

ހދ. އަތޮޅުގެ ތައުލީމީ މަރުކަޒު ހުންނަނީ ވެރިކަން ކުރާ ރަށް ކުޅުދުއްފުށީގައެވެ.އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި މިއާއެކު ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ވެގެންދާނީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ކަމަށެވެ.

މީގެ އިތުރުން ތ. ކަނޑޫދޫގައި އިމާރާތްކުރި 3 ކްލާސްރޫމްގެ މަސައްކަތްވެސް ނިމި ބޭނުންކުރަން ފަށާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.މި އާއި އެކު ކަނޑޫދޫ ސްކޫލްވެސް އެއް ދަންފަޅިއަށް ބަދަލުވެގެން ދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

https://twitter.com/MoEdumv/status/1485572479162908672

މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކޮށް ވަށާޖެހޭ ތައުލީމެއް ދިނުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ސްކޫލްތަކުގެ ޖާގައިގެ ދަތިކަމާއި ހުރެ އަދި ރާއްޖޭގެ ހުރިހާ ސްކޫލެއް އެއް ދަންފަޅިއަށް ވަނީ ބަދަލުނުކުރެވިއެވެ.