މާލެއިން ޓެކްސީ ލިބުމުގެ ދަތިތައް އިންތިހާއަށް ބޮޑުވާތީ ޙިދުމަތް ނުދޭ ޓެކްސީތައް ރިޕޯޓުކުރަން އަންގައިފި

24 ޖެނުއަރީ 2022 - 7:12

ޓެކްސީއަށް އެދުމުން އެ ހިދްމަތް ނުދޭ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށް ދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން އެދިއްޖެއެވެ.

https://twitter.com/MoTCAmv/status/1485090688266301441

ޓްރާންސްޕޯޓް މިނިސްޓްރީން މި ފަދައިން އެދިފައިވަނީ މާލެއިން ޓެކްސީ ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އާއްމު ރައްޔިތުންނަށް ބޭނުންވާ ޓެކްސީގެ ހިދްމަތް ފޯރުކޮށްނުދޭ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީންގެ 7943434 ނަމްބަރަށް ވައިބަރކޮށް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެދިފައެވެ.

 މާލޭގައި ގާތްގަނޑަކަށް 500 އަށް ވުރެ ގިނަ ޓެކްސީ ދުއްވަމުން އަންނައިރު، މާލޭގެ އެއްތަނުން އަނެއް ތަނަށް ދިއުމަށްޓަކައި ޓެކްސީ އެއް ލިބޭ ގޮތް ނުވެއެވެ. ޓެކްސީ ޑްރައިވަރުން ހުޅުމާލެ އަށް ނޫނީ ދަތުރެއް ނުކުރާނެ ކަމަށް ބުނަމުން އަންނަ ކަމަށް ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ.