މިދިޔަ ޑިސެމްބަރ އިމްޕޯޓު މުދާލުން ލިބުން އާމްދަނީ އިތުރު

19 ޖެނުއަރީ 2022 - 10:47

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހާއި އަޅާ ބަލާއިރު  23 އިން ސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސް އިން އާއްމުކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދާ ސީ.އައި.އެފް ގެ އަގު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާ ބަލާއިރު 78 އިން ސައްތަ ވަނީ އިތުރުވެފައެވެ.

2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް 2.5 ބިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ ޑިސެމްބަރު މަހު މި އަދަދު ވަނީ 4.5 ބިލިޔަން ރުފިޔާ އިތުރުވެފައެވެ.

މީގެ އިތުރުން، ފާއިތުވި ޑިސެމްބަރުމަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހާއި އަޅާ ބަލާއިރު ވަނީ  23 އިން ސައްތަ އިތުރުވެފައެވެ 2020ވަނަ އަހަރުގެ ޑިސެމްބަރުމަހު 296 މިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޑިސެމްބަރުމަހު މި އަދަދުވަނީ 364 މިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބު ދައްކާ ގޮތުން ފާއިތުވި ޑިސެމްބަރުމަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހާއި އަޅާ ބަލާއިރު  23 އިން ސައްތަ ވަނީ އިތުރުވެފައެވެ.