ތިނަދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅައިފި

17 ޖެނުއަރީ 2022 - 10:56

ގދ. ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ތިނަދޫގައި މި ރަސްމިއްޔާތު ބާއްވާފައިވަނީ ފަނަރަ ޖެނުއަރީގައެވެ.

ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

https://twitter.com/PoliceMv/status/1482272217136513027

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ އައު އިމާރާތް އެޅުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާންކަން ގާއިމްކޮށްދިނުމަށްޓަކައި ސަރުކާރުން ފަށާފައިވާ ފުޅާ މަސައްކަތުގެ ތެރެއިން މުހިއްމު މަސައްކަތެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެކްޓިންގ ސައުތު ރީޖަނަލް ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފް އާއި ސައުތު ސަބް ރީޖަނަލް ކޮމާންޑަރ ޗީފް އިންސްޕެކްޓަރ ފާތިމަތު ނަހީދާ ތާހިރު ގެ އިތުރުން ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި ގދ.އަތޮޅު ކައުންސިލްގެ ރައީސް އަދި ތިނަދޫ ކައުންސިލްގެ ރައީސް ކައުންސިލްތަކުގެ މެންބަރުންނާއި ގދ.އަތޮޅުގައި މަސައްކަތް ކުރަމުން އަންނަ ފުލުހުން ވަނީ ބައިވެރިވެފައެވެ.