“ސަވާދީއްތަ ދަތުރު” ގެ ނަމުގައި ބާއްވާ ޔޮޓް ރެލީ 3 ފެބްރުއަރީގައި

17 ޖެނުއަރީ 2022 - 10:51

ރާއްޖޭގެ ޓުއަރިޒަމަށް ފަންސާސް އަހަރު ފުރުމަށް ބާއްވާ ކުލަގަދަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ހާއްސަ އިވެންޓް ކަމަށްވާ " ސަވާދީއްތަ ދަތުރު" ގެ ނަމުގައި ބާއްވާ ޔޮޓް ރެލީ އަންނަ ފެބްރުއަރީމަހުގެ ތިންވަނަ ދުވަހު ބާއްވާ ގޮތަށް ތާވަލްކޮށްފިއެވެ.

https://twitter.com/MoTmv/status/1482271867130224640

މި އިވެންޓަކީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ރާވައި އިންތިޒާމުކުރާ އިވެންޓެކެއެވެ. އެމްޓީޑީސީން މި އިވެންޓް ލޯންޗްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތޭވީސްވަނަ ދުވަހުއެވެ.

 އެމްޓީޑީސިން ބުނީ މި ޔޮޓް ރެލީ ފެބްރުއަރީ 3 ވަނަ ދުވަހު ފަށާނީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުންނެވެ. އެންމެ ދެކުނުން ފަށައިފެން ރާއްޖޭގެ ތާރީހް ދައްކުވައިދޭ މަންޒިލްތަކަށް މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން މި ޔޮޓް ރެލީ ކުރިއަށްދާއިރު ދާނީ ރާއްޖޭގެ ރަށްރަށުގެ ދިރިއުޅުންވެސް ތަޖްރިބާކުރަމުން ކަމަށެވެ.

ވިހި ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޔޮޓް ރެލީގައި ފަނަރަ ރަށަށް މަޑުކޮށް، 6 އެންކަރޕޮއިންޓް ގައި އެންކަރ އެޅުމުގެ އިތުރުން ފަންސާހަށް ވުރެ ގިނަ ހަރަކާތްތައް، ރެލީގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްޓީޑީސީން ވަނީ ބުނެފައެވެ.