ރާއްޖެ އިޝްތިހާރުކުރުމުގެ އެއްބަސްވުމެއްގައި އެމްއެމްޕީއާރްސީން ބީބީސީ އާއި އެކު ސޮއިކޮށްފި

13 ޖެނުއަރީ 2022 - 12:07

ބައިނަލް އަގްވާމީ ގޮތުން ރާއްޖެ އިޝްތިހާރުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި އެމްއެމްޕީއާރްސީއާއި ބީބީސީ ގްލޯބަލް ނިއުސްއިން ސޮއިކޮށްފިއެވެ.

އެމްއެމްޕީއާރްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދުއެވެ. ބީބީސީ ގްލޯބަލް ނިއުސްގެ ފަރާތުން ސޮއިކޮށްފައިވަނީ ބީބީސީ ސްޓޫޑިއޯސްގެ ކޮމާޝަލް އޮޕަރޭޝަންސްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ނިކް ކާލްޓަންއެވެ. އެމްއެމްޕީއާރްސީން ބުނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބޭނުމަކީ ރާއްޖެއަކީ ފަތުރުވެރިންނަށް މަރްހަބާ ކިއުމަށް ތައްޔާރަށް އޮތް ރައްކާތެރި ލަގްޒަރީ މާރކެޓެއްގެ ގޮތުގައި ގޮތުގައި ރާއްޖެ މާރކެޓް ކުރުން ކަމަށެވެ. ރާއްޖެއަކީ ފަތުރުވެރިންނަށް މަރްހަބާ ކިޔަން އޮތް ރައްކާތެރި މާހައުލެއްކަން ގެނެސްދޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ވާހަކައިން ކަމަށްވެސް ވަނީ ބުނެފައެވެ.

ކެމްޕެއިނާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން އެމްއެމްޕީއާރްސީގެ ސީއިއޯ ތޮއްޔިބް ވިދާޅުވީ މިއީ އެ އެ ކޯޕަރޭޝަންގެ  ގްލޯބަލް މާކެޓިން ސްޓްރެޓެޖީގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ ތެރެއިން އެއް ހަރަކާތް ކަމަށެވެ.