ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފި

2 ޖެނުއަރީ 2022 - 12:04

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް ހެދުމުގެ ޢަމަލީ މަސައްކަތް 23 ޑިސެމްބަރ 2021 ވަނަ ދުވަހު ފަށައިފި ކަމަށް އެ މަސައްކަތްކުރާ މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ވިދާޅުވެއްޖެއެވެ.

މި އޯ.ޕީ.ޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ޙާއްޞަ 21 ރޫމާކާއި، ޓްރީޓްމެންޓް ރޫމަކާއި، ޕްރޮސީޖަރ ރޫމަކާއި، އީސީޖީ ރޫމެއްގެ އިތުރުން އެކޯ ރޫމެއް ހެދިގެން ދާނެއެވެ.

މި މަޝްރޫޢަކީ 32.2 މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 20.22 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.